ލޯފާން އަންހެން ކުއްޖެކެވެ. އޭނާގެ ޙާލާމެދު އޭނާ ނުރުހެއެވެ. ލޯފާންވީމައެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފިރިހެން ކުއްޖާ ފިޔަވައި އެންމެން ދެކެ އެ އަންހެން ކުއްޖާ ނަފުރަތުކުރެއެވެ. ލޯފާން ލޯބިވެރިޔާއަށްޓަކައި ފިރިހެން ކުއްޖާގެ ވަގުތުތައް ހުސްކޮށްގެން ހުއްޓެވެ. ލޯބިވާގެ ޙައްޤުގައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށެވެ. އަންހެން ކުއްޖާ ބުނެތެވެ. "އަހަރެންނަށް ފެންނަމަ ތިބާއާއި ކައިވެނިކުރާނަމަވެ."
ދުވަސްތައް ވޭތުވަމުންދެއެވެ. އެއް ދުވަހަކު ލޯފާން ކުއްޖާއަށް ދެލޯ ހަދިޔާކުރެވުނެވެ. އަދި ފެނުމުގެ ނަސީބު އޭނާއަށް ލިބިގެން ދިޔައެވެ. އޭނާގެ ލޯބިވެރިޔާ ބުންޏެވެ. "ތިބާ އަހަންނާއި ކައިވެނިކޮށްފާނަން ހެއްޔެވެ. މިހާރު ކަލާއަށް އަހަރެން ފެނޭ ނޫން ހެއްޔެވެ؟"
އޭނާގެ ލޯބިވެރިޔާއަކީ ލޯފާން މީހެއްކަން އެނގުމުން އަންހެން ކުއްޖާއަށް ލިބިގެން ދިޔައީ ސިހުމެކެވެ. ކައިވެންޏަށް ވަގުތުން އިންކާރުކުރިއެވެ.
ކަރުނައާއެކު ފިރިހެން ކުއްޖާ އެތަނުން އެނބުރި ދިޔައެވެ. ކަރުދާސްކޮޅެއްގައި ލިޔެފައި އަންހެން ކުއްޖާއަށް ފޮނުވިއެވެ. "އަހަރެންގެ ދެލޮލަށް ފަރުވާތެރި ވެދެއްޗެވެ."
ހާލަތު ބަދަލުވުމުން އިންސާނުންނަކީ މަގު އޮޅޭ ބައެކެވެ. މަދު ބަޔަކު ނޫނީ ކުރިން އުޅުނު ގޮތެއް ހަނދާނެއް ނުކުރޭމެއެވެ. އަދި އޭރު އަބަދުމެ ގާތުގައި ތިބީ ކޮން ބައެއްކަން ނުދަނެއެވެ.
ދިރިއުޅުމަކީ ހަދިޔާއެވެ. ޝުކުރުވެރިވާށެވެ.
މިއަދު ތިބާ ނުކިއްސަރު އެއްޗެކޭ ބުނާއިރު އެއްވެސް އެއްޗެއް އަނގައިން ނުބުނެވޭ މީހުނާމެދު ވިސްނާލާށެވެ!
ރަހަ ގޯސްކަމުން ޝަކުވާކުރުމުގެ ކުރިން ކާނެ އެއްވެސް އެއްޗެއް ނެތިފައި ތިބި މީހުންނާމެދު ވިސްނާލާށެވެ!
ތިބާގެ ފިރި/އަނބި މީހާއާ މެދު ޝަކުވާ ކުރުމުގެ ކުރިން ބައިވެރިއަކު ދެއްވާތޯ ދުޢާކުރާ މީހުންނާއި މެދު ވިސްނާލާށެވެ!
ދަރިންނާމެދު ތިބާ ޝަކުވާ ކުރުމުގެ ކުރިން ދަރިންގެ ނިޢުމަތް ނުލިބިތިބި މީހުންނާއި މެދު ވިސްނާލާށެވެ!
ތިބާގެ ގޭތެރެ ސާފުނުވެގެން ޝަކުވާކުރުމުގެ ކުރިން ގެއެއް ނެތި މަގުމަތިވެފައިވާ މީހުންނާމެދު ވިސްނާލާށެވެ!
ވަޒީފާއާއި މެދު ޝަކުވާ ކުރުމުގެ ކުރިން ވަޒީފާއެއް ނެތް މީހުންގެ މަތިން ވިސްނާލާށެވެ!
އެހެން މީހުންނާއި ދިމާލަށް އިނގިލި ދިށްކޮށް ކުށްވެރިކުރުމުގެ ކުރިން ކުށެއް ނުކުރާ މީހަކު ނުހުންނާނެ ކަމާމެދު ވިސްނާލާށެވެ!
ނުތަނަވަސް ކަމުގެ އިންތިހާގައިވެސް ހިނިތުންވެލާށެވެ. އެހެނީ އަހުރެމެން ހައްދަވާ ގެންގުޅުއްވާ އިލާހުވަނީ އަހަރެމެންނާއެކުގައެވެ. އަހުރެމެންގެ މައްޗަށް އޮތީ އެކަލާނގެއަށް ޝުކުރުވެރިވުމެވެ.