ފަސްވަރަށް
މިނެޓް ތެރޭގައި ހިތުން 20×20 އާއި ހަމައަށް ގުނަކުރަން ދަސްކުރެވިދާނެ ގޮތެއް ތިރީގައި އެވަނީއެވެ. ދަސްވޭތޯ މަސައްކަތްކޮށްލާށެވެ. މިގޮތުން 11 އިން ފެށިގެން 19 އާއި ހަމައަށް
ކަލްކިއުލޭޓަރެއްގެ އެހީއާއި ނުލައި ގުނަކުރެވޭނެއެވެ.
މިސާލަކަށް 13×15
އަބަދުވެސް
އެންމެ ބޮޑު ޢަދަދު ފުރަތަމަ ހިތަށް ނަގައިގަންނާށެވެ.
ދެން
ހިތު ތެރޭގައި އެފްރިކާގެ ޗާޓް ކުރެހާލާށެވެ.
ޗާޓް ކުރަހާލާއިރު މަތީގައިވާ 15 އާއި ތިރީގައިވާ 3 ޗާޓަށް އަރަންވާނެއެވެ. މިޢަދަދުތަކަކީ އަހަރެމެން ބޭނުންވާ
ޢަދަދުތަކެވެ.
ފުރަތަމަ
އެއްކުރާށެވެ. 15 + 3 = 18
ދެން ލިބުނު
ޖަވާބުގެ ފަހަތައް ސުމެއް އިތުރުކުރާށެވެ.
(10 ގެ ގުނަ) މިހާރު ލިބިފައިވާނީ 180 އެވެ.
ދެން
ޗާޓުން ފާހަގަކުރެވިފައިވާ ޢަދަދު (3) އެއާއި ދިމާ މަތީގައިވާ ޢަދަދާއި (5) ގުނަ
ކުރާށެވެ. (3 × 5 = 15)
ކުރިން
ހޯދި ދެޖަވާބު އެއްކުރާށެވެ. 180 + 15 =
195