ދަހި މީހާ

Nazy
އެއްދުވަސްވަރެއްގައި ވަރަށް ދަހި މީހަކު އެޅުނެވެ.  ކޮންމެ އެއްޗަކީ އޭނާގެ އެއްޗެއްކަމަށް އޭނާ ދެކެއެވެ.  އޭނާގެ އެއްވެސް އެއްޗެއް އެހެން މީހުންނާއެކު ހިއްސާކުރުމަކީ އޭނަ ކިބައިގައިވާ ސިފައެއް ނޫނެވެ.  އެއީ ރަހުމަތްތެރިއަކަށް ނުވަތަ ނިކަމެތި ފަޤީރަކަށް ވިޔަސް ކަން އޮތީ މިގޮތަށެވެ.
އެއްދުވަހަކު، އޭނާގެ އަތުން 30 ރަން ފައިސާ ފޮތި ގެއްލިއްޖެއެވެ.  އޭނާގެ ރަހުމަތްތެރިޔާގެ ގެއަށް ގޮސް މިވާހަކަ ބުނެފިއެވެ.  އެ ރަހްމަތްތެރިޔާއަކި ހިތް ހެޔޮ މީހެކެވެ.
ރަހްމަތްތެރިޔާގެ އަންހެން ދަރިފުޅު ގެއަށް އައީ މަގުމަތިން ފެނުނު 30 ރަން ފައިސާ ފޮތި ހޮވައިގެންނެވެ.  އެވާހަކަ އަންހެން ކުއްޖާ އޭނާގެ ބައްޕަގެ ގާތު ބުންޏެވެ.  އެއީ ބައްޕަގެ ރަހުމަތްތެރިޔާ ގެއްލިގެން އުޅޭ ރަން ފޮތިތަކެއްކަމާއި ރަހުމަތްތެރިޔާއަށް އެރައްދުކުރަން ޖެހޭނެ ވާހަކަ ބައްޕަ ބުންޏެވެ.   އެއްކަލަ ދަހި ކަލޭގެ އައުމުން ދަރިފުޅު މަގުމަތިން ހޮވި ރަން ފައިސާ ފޮތިތައް ދިނެވެ.  އެދަހި ކަލޭގެ އެ ފައިސާ ފޮތިތައް ގުނަން ފެށިއެވެ.  އަދި ގުނާ ނިމުމާއެކު 10 ފައިސާ ފޮތި މަދުވާ ވާހަކަ ބުނެފިއެވެ.  އަދި އޭނާގެ އަންހެން ދަރިފުޅު އެ ފައިސާ ފޮތިތައް ފޮރުވީކަމަށް ބުންޏެވެ.  އަދި މަދުވާ ފައިސާ ފޮތިތައް އޭނާގެ އަތުން ހޯދާނެކަމަށް ބުންޏެވެ.  އަންހެން ކުއްޖާގެ ބައްޕަ މިކަމާ އިންކާރުކުރިއެވެ. 
ދަހި ކަލޭގެ އިންސާފު ހޯދުމަށްޓަކައި ފަނޑިޔާރުކައިރިއަށް ދިޔައެވެ.  އަދި އޭނާގެ ޝަކުވާ ހުށަހެޅިއެވެ.  އަންހެން ކުއްޖާއާއި އޭނާގެ ބައްޕަ ޙާޟިރުކުރުމަށް ފަނޑިޔާރު ޢަމުރުކުރިއެވެ.
އަންހެން ކުއްޖާ އައުމުން އޭނާ ހޮވީ ކިތައް ފައިސާ ފޮތި ތޯ ސުވާލުކުރެވުނެވެ.  30 ކަމުގައި އަންހެން ކުއްޖާ ބުންޏެވެ. 
ދަހި ކަލޭގެ އަތުން ގެއްލުނީ ކިތައް ފައިސާ ފޮތި ތޯ ފަނޑިޔާރު ސުވާލުކުރިއެވެ.  އޭނާގެ އަތުން ގެއްލުނީ 40 ފައިސާ ފޮތިކަމަށް އޭނާ ބުންޏެވެ.
ފަނޑިޔާރު: "ތި ފައިސާ ފޮތި ތަކަކީ ކަލޭގެ އަތުން ގެއްލުނު ފައިސާ ފޮތިތަކެއްނޫން.  މިތާ މިއޮތީ 30 ފައިސާ ފޮތި.  މިއީ އަންހެން ކުއްޖާގެ އެއްޗެއް.  އެއްވެސް މީހަކު 30 ރަން ފައިސާ ފޮތި ހޯދާކަމަށްވާނަ އެމީހަކު ތިބާގެ ކައިރިއަށް ފޮނުވާނަން"
އެއްވެސް މީހަކު 40 ރަން ފައިސާ ފޮތި ހޮވައިގެން ރިޕޯޓްކޮށްފިނަމަ އެ ދަހި ކަލޭގެ ކައިރިއަށް ފޮނުވާނެ ވާހަކަ ފަނޑިޔާރު ބުންޏެވެ.  އެވަގުތު އެއް ކަލަ ދަހި ކަލޭގެ އޭނާގެ އަތުން ގެއްލުނީ 30 ރަން ފައިސާ ފޮތިކަމާއި 40 ނޫން ކަމަށް އިޢުތިރާފުވިއެވެ.  ނަމަވެސް ފަނޑިޔާރު އޭނާގެ ބަހެއް ޤަބޫލެއް ނުކުރިއެވެ.
= ނިމުނީ =
To Top