ފަސޭހަ ހިސާބު

Nazy
11ގެ ނަވަތަ
އަހަރެމެން އެންމެންނަށްވެސް 10 ގެ ނަވަތަ ވަރަށް ފަސޭހައެވެ.  ޢަދަދުގެ ފަހަތަށް ސުމެއް (0) އިތުރުކުރުމުން 10 ގެ ގުނަ ލިބެއެވެ.  ހަމައެގޮތަށް 11 ގެ ގުނަވެސް ފަސޭހަ ކަމާއެކު ހޯދިދާނެއެވެ.
ކޮންމެވެސް ނަންބަރެއް ނަގާށެވެ.  
އަދި އޭކަން ވަޅާއި ދަސްވަޅުގެ ދެމެދަށް ހުސް ގާޖައެއް ދޭށެވެ.  2 _ 5
މިހާރު އެދެ ޢަދަދު އެއްކޮށްފައި މެދަށް ލާށެވެ.
2 _ (2 + 5) _ 5
ޖަވާބަކީ 572 އެވެ. (11 × 52 = 572)

މެދުގައިވާ ދެ ޢަދަދު އެއްކުރުމުން 2 ޢަދަދުގެ ނަންބަރެއް އަންނަ ނަމަ އޭކަންވަޅު ބައިންދާފައި ފުރަތަމަ ޢަދަދަށް 1 އެއްކުރާށެވެ.
9 _ (9 + 9) _ 9
9 _ 8 _ (1 + 9)
9 _ 8 _ 10
11 × 99  = 1089


އަކަ ހޯދުން

ފަހެއް ފަހަތަށް އަންނަ ޢަދަދެއްގެ އަކަ ހޯދަން ބޭނުންނަމަ ތިރީގައިވާ ގޮތް އިހުތިޔާރުކުރާށެވެ.
252 = 625
ފުރަތަމަ ޢަދަދާއި ހަމަ އެޢަދަދަށް 1 އެއްކޮށްފައި ގުނަކުރާށެވެ.  ދެން ފަހަތަށް 25 އިތުރުކުރާށެވެ.
25 އަދި ((1 + 2)×2) = 252
6 = 3 × 2
625

9 ގެ ނަވަތަ
9 ގެ ނަވަތަ 1 ން 9 ށް ހޯދުމަށްޓަކައި މިގޮތަށް މަސައްކަތްކޮށްލަބަލާށެވެ.
ފުރަތަމަ ދެއަތް ހުޅުވާލާށެވެ.  ދެން 9 އާއި ގުނަކުރަން ބޭނުންވާ ޢަދަދުގެ އިގިލި ލައްޕާލާށެވެ.  މިސާލަކަށް 3 × 9 ކަމަށްވަނީނަމަ 3 ވަނަ އިގިލި ލައްޕާލާށެވެ.  އެއިގިލިން ފެށިގެން ކުރިއަށް ނުލެއްޕި ހުރި އިގިލިތައް ގުނާލާށެވެ.  މިމިސާލުގައި އެއީ 2 އެވެ.  ދެން ލައްޕާލެވިފައިވާ އިގިލީގެ ފަހަތަށް ނުލެއްޕި ހުރި އިގިލިތައް ގުނާލާށެވެ.  މިފަހަރު އައީ 7 އެހެން ނޫންތޯ؟  ޖަވާބަކީ 27 އެވެ.

To Top