ވީޑިއޯ ލޭން އޯގަނިއިޒޭޝަންގެ ވީއެލްސީ މީޑިއާ ޕްލޭޔަރަކީ ވަރަށް ގިނަ
ވައްތަރުގެ ވީޑިއޯ ފައިލްތައް ހުޅުވުމަށް ބޭނުން ކުރެވިދާނެ ޕްރޮގްރާމެކެވެ. އަދި އޯޑިއޯ ފައިލްތައްވެސް ހުޅުވުމުގެ
ޤާބިލުކަން ވީއެލްސީ ޕްލޭޔަރަށް ލިބިފައިވެއެވެ.
ވިންޑޯސް، ލިނަކްސް، މެކް އަދި ޔުނިޒް ބޮކްސަސްގައި މިޕްރޮގްރާމް
ހިންގެއެވެ.
އިރްފާންވިއު Irfanview
ޕިކްޗަރ ވިވަރގެ ގޮތުގައި ބޭނުންކުރެވޭ މިޕްރޮގްރާމަކީ ގިނަ ވައްތަރުތަކެއްގެ
ފައިލްތައް ބަލައިލެވޭ މިޕްރޮގްރާމް ހިންގުމަށްޓަކައި ޕްލަގް-އިންސް ޑައުންލޯޑްކުރަންޖެހޭނެއެވެ. ހުރިހާ ވައްތަރެއްގެ ފައިލްތައް ހުޅުވޭ
މިޕްރޮގްރާމުން ކޮޑެކް(Kodak.kdc) ފައިލްތަކާއި،އެޑޯބޭ ނޭޓިވް (Adobe
native) ފައިލްތަކުގެ އިތުރުން ޓީއެކްސްޓީ (TXT)ފައިލްތައްވެސް ހުޅުވެއެވެ. އަދި ވީޑިއޯ ފައިލްތަކާއި
އޯޑިއޯ ފައިލްތައްވެސް ހުޅުވޭނެއެވެ. ގިނަ
ފީޗަރސްތަކެއް އެކުލެވޭ މިޕްރޮގްރާމު ފޮޓޯތައް ތަރުތީބުކުރުމަށް އެހީވެދޭއިރު
ކޮންމެވެސް ވަރަކަށް ފޮޓޯތައް އެޑިޓްކުރެވޭނެއެވެ. ނަމަވެސް އިތުރަށް އެޑިޓްކުރަން ބޭނުންނަމަ ފޮޓޯޝޮޕްގެ
އެހީތެރިކަން ހޯދަންޖެހޭނެއެވެ.
އައިއެމްޖީ ބަރން Imgburn
އައިއޯއެސް (IOS) އިމޭޖްތައް އުފައްދާ ސީޑީ/ޑީވީޑީތަކުގައި ރައްކާކުރަން ބޭނުންނަމަ
މިޕްރޮގްރާމް އެހީވެދޭނެއެވެ.
އޯޕަން އޮފީސް Open Office
އޯޕަން އޮފީސްއަކީ އެމްއެސް އޮފީސްއަށް އަތްނުފޯރާ ފަރާތްތަކަށް އަތް ފޯރާފަށުގައި އޮތް ޕްރޮގްރާމެކެވެ.
އޮޑަސިޓީ Audacity
ސައުންޑް އެޑިޓަރ، އޮޑަސިޓީއަކީ އޯޑިއޯ ފައިލްތައް އެޑިޓުކުރަން ބޭނުންވާ
ފަރާތްތަކަށް ޖީބުން އެއްވެސް ހޭދައެއް ނުކޮށް ބޭނުންކުރެވޭނެ ސޮފްޓްވެއަރއެކެވެ.