ޔުނިވާސިޓީއެއްގެ
ޕްރޮފެސަރެކެވެ. ކުލާހުގެ ކުރިމަތީގައި
ހުއްޓުމާއެކު މޭޒުމަތީގައި އެއްޗެހިތަކެއް އަތުރާލިއެވެ. ކުލާސްފެށުމާއެކު، މައިނައިޒް ހުސްކުރި ބޮޑު
ފުޅިއެއްނެގިއެވެ. އަދި ވަށަމިނުގައި ގާތްގަނޑަކަށް 2 އިންޗި
ހުންނަވަރުގެ ގައު ކޮޅުތަކެއް އެ ފުޅި ތެރެއަށް އަޅަމުން ގެންދިޔައެވެ.
"ކޮބާ
މިހާރު މިފުޅި މިހިރީ ފުރިފަތަ؟" ޕްރޮފިސަރު ސުވާލުކުރިއެވެ. ދަރިވަރުން އެކަމާ އެއްބަސްވިއެވެ.
ޕްރޮފެސަރު
ދެން ފޮއްޓެއްގެ ތެރެއިން ނެގީ ވަރަށް އޮމާން ކޮށް ހުރި ބަނޑުއަކިރި ގައު
ކޮޅުތަކެވެ. އަދި ފުޅީގެ ތެރެއަށް
އަޅައިލިއެވެ. ފަރުވާތެރިކަމާއެކު ފުޅި
ހަލުވާލިއެވެ. އޮމާން ކޮށް ހުރި ބަނޑު
އަކިރި ގައުކޮޅުތައް ފުޅީގެ ތެރޭގައި ހުރި ހުސް ޖާގަތައް ފުރާލިއެވެ.
"ކޮބާ
މިހާރު ފުޅި ފުރިއްޖެތަ؟" ޕްރޮފެސަރު
ދަރިވަރުންނާ ސުވާލުކުރިއެވެ. ފުޅި ހުރީ
ފުރިފައިކަމަށް ހުރިހާ ދަރިވަރުން ބުންޏެވެ.
ޕްރޮފެސަރު
އަނެތްކާވެސް ފޮއްޓެއް ހުޅުވާލިއެވެ.
އޭގައި ހުރީ ވެއްޔެވެ. އެވެލިތައް
އޭނާ އެއްކަލަ ފުޅީގެ ތެރެއަށް އޮއްސާލިއެވެ.
ގައުތަކުން ނުފުރިހުރި ޖާގަތައް ވެލީގެ ސަބަބުން ފުރުނެވެ.
ކުރިއެކޭ
އެއްގޮތަށް މިފަހަރުވެސް ދަރިވަރުންނާއި ސުވާލުކުރުމުން، ހުރިހާ ދަރިވަރުންވެސް
އިއްތިފާޤުވީ މިހާރު ފުޅި ހުރީ ފުރިފައިކަމަށެވެ.
"މިހާރު!"
ޕްރޮފެސަރު ބުންޏެވެ. "މިފުޅިއަކީ
ތިދަރިވަރުންގެ ދިރިއުޅުން ކަމުގައި ސިފަކުރާށެވެ. މިބޮޑެތި ގައު ކޮޅުތަކަކީ ދިރިއުޅުމުގެ އެންމެ
މުޙިންމު ބައިކަމުގައި ބަލާށެވެ.
މިސާލަކަށް ޢާއިލާ، ޙަޔާތުގެ ބައިވެރިޔާ، ދަރިން. އެހެން ހުރިހާ އެއްޗެއް ގެއްލުނު ކަމުގައި
ވިޔަސް މިއެއްޗެހި ތިބާއާއެކު އަބަދުމެ ވާނެއެވެ.
ތިބާގެ ދިރިއުޅުން ފުރިހަމަކަމުގެ އިހުސާސްކުރެވޭނެއެވެ."
ކުދި
ބަނޑުއަކިރިތަކަކީ ދިރިއުޅުމާއި ގުޅިފައިވާ އެހެނިހެން ކަންކަމެވެ. މިސާލަކަށް ވަޒީފާއެވެ. ގެދޮރެވެ. ވެލި ރަމުޒުކޮށްދެނީ ދެން ހުރި ކުދިކުދި
ކަންކަމެވެ. އެންމެ ފުރަތަމަ ފުޅިގެ
ތެރެއަށް ވެލިއެޅި ނަމަ، އެހެން އެއްޗެކަށް ފުޅިއަކުން އެއްވެސް ޖާގައެއް
ނުލިބޭނެއެވެ. ދިރިއުޅުމުގެ މިސާލަކީވެސް
މިއެވެ.
ދިރިއުޅުމުގެ
ކުދި ކުދި ކަންތައްތަކަށް ތިބާގެ ވަގުތު ހޭދަކޮށްފިނަމަ ދިރިއުޅުމުގެ މުޙިންމު
ކަންތައްތަކަކަށް ދޭނެ ޖާގައެއް ނޯންނާނެއެވެ.
ދިރިއުޅުމުގެ އުފަލަށްޓަކައި މުޙިންމު ކަންކަމަށް ތިބާގެ ސަމާލުކަން
އިތުރުކުރާށެވެ. ދަރިންނާއެކު ކުޅެ
ހަދާށެވެ. ބައިވެރިޔާއެކު ވަގުތު ހޭދަކުރާށެވެ. ވަޒީފާއަށް ދާނެ ވަގުތާއި ގޭތެރެ ސާފުކުރާނެ
ވަގުތާއި ރައްޓެހިންނަށް ޕާޓީ ބާއްވާނެ ވަގުތު އަބަދުވެސް ލިބޭނެއެވެ.
ފުރަތަމަ
ބޮޑެތި ގައުކޮޅުތަކަށް ސަމާލުކަންދޭށެވެ.
ދިރިއުޅުމުގައި މުޙިންމު ކަންތައް އިސްކުރާށެވެ. ބާކީ ދެން ހުރި ކަންތައް ވެލިފަދައެވެ.
=ނިމުނީ=