ބަލި ޙާލަތު ވަރަށް ބޮޑުވެފައިވާ ދެމީހަކު ހަސްފަތާލެއްގެ
ކޮޓަރިއެއްގައި އެދުމަތި
ކުރެވިފައި ތިއްބެވެ. ކޮންމެ ދުވަހެއްގެ މެންދުރުފަހު ގަޑިއެއްގެ އިރަށް އެތަނުން އެކަކަށް އެނދުން
ތެދުވެ އިށީދެ އިނުމުގެ ހުއްދަ ލިބިފައިވެއެވެ. އެއީ އޭނާގެ ފުއްޕާމޭގައި ހެދިފައިވާ ދިޔަފަދަ ތަކެތި ހުސްކުރުމަށެވެ. އޭނާގެ އެނދު
ހުންނަނީ އެކޮޓަރީގައި ހުރި ހަމައެކަނި ކުޑަ ދޮރުގެ ކައިރީގައެވެ.
ދެވަނަ މީހާއަށް ޖެހިފައިވަނީ އަބަދުވެސް އުޑުލިތަ މަތިން
އޮންނާށެވެ. މިދެމީހުންވެސް އަބަދު ކަހަލަ ގޮތަކަށް ވާހަކަ ދެއްކުމުގައި ތިބެއެވެ. އެވެރިންގެ އަނބިންގެ
ވާހަކައާއި ޢާއިލާގެ ވާހަކަތަކެވެ. ގެދޮރުގެ
ވާހަކައެވެ. ވަޒީފާއާއި ޗުއްޓީ ހޭދަކޮށްލުމުގެ ގޮތުން އަސްކަރިއްޔާގައި ޚިދުމަތްކުރިގޮތުގެ
ވާހަކައެވެ.
ކޮންމެ ދުވަހެއްގެ މެންދުރުފަހު، ކުޑަދޮރާއި
ދިމާލުގައި އޮތް މީހާ އެނދުމަތީގައި އިށީދެ އިނދެ ކުޑަ ދޮރުން ފެންނަ އެކި އެކި ކަންތައްތަކުގެ ވާހަކަ
އޭނާގެ އެކުވެރި އަހާއަށް
ކިޔާދެއެވެ .
އެކުވެރިޔާގެ ވާހަކަތަކުން އަނެތް އެނދުގައި
އޮތް މީހާ އަށް ދިރުއުޅުމުގެ އުފާތައް ގެނެސްދެއެވެ. އަދި އެ އެއްގަޑިއިރުގެ ވަގުތުކޮޅަކީ ދުނިޔޭގެ ޙަރަކާތްތަކާއި ކުލަތައް
ސިފަވެގެންދާ ވަގުތުތަކަށް ވެގެން ދެއެވެ.
ކުޑަ ދޮރުގެ ބޭރުން ފެންނަނީ ނުހަނު ރީތިކޮށް
ތައްޔާރުކޮށްފައިވާ ޕާކެކެވެ. އަދި ޕާކުގެ އަނެތް ފަރާތުގައިފެންގަނޑެއް އޮވެއެވެ. މިފެންގަނޑަށް
ތަފާތު ދޫނި ސޫފާސޫފި ޒިޔާރަތްކުރެވެއެވެ.
އަދި ކުދިވެރިން އައިސް ބޯޓުދުއްވާ މަޖާކޮށް ހަދައެވެ. ތަފާތު އެކި
ޢުމުރުފުރާގެ މީހުން މިތަނަށް އައިސް ޤުދުރަތުގެ މިހިތްގައިމު މާހައުލުން އުފާ ލިބިގަނެއެވެ.
ތަނުގައި ވާ ތަފާތު ގަސްގަހާ ގެއްސާއި މާމަލުގެ ފަރިކަން އަންތަރީސްކުރުވައެވެ. އަދި ދުރުން ފެންނަ މާސިންގާ ރަށްތަކުގެ މަލަމަތިން ހިތް
އުފާކުރުވައެވެ.
ކުޑަ ދޮރުކައިރީގައިވާ މީހާ މިމަންޒަރުތައް ސިފަކޮށްދޭ
އިރު އަނެތް މީހާ ދެލޯ މަރާލައިގެން އެމަންޒަރުތައް ހިތަށް ސިފަކުރަމުން ދެއެވެ.
ހޫނުކަން ގަދަ ދުވަހެއްގެ މެންދުރުފަހެވެ. ކުޑަ
ދޮރުކައިރީގައި އޮތް މީހާ ބޭރުން ފެންނަމުންދާ ޕެރޭޑެއްގެ ޙަރަކާތްތައް ސިފަކޮށްދެމުން ގެންދިއައެވެ.
އެކަމަކު ބޭންޑެއް ގެ އަޑެއް އަނެތް މީހާއަކަށް
ނީވެއެވެ. ނަމަވެސް އެކަން ސިފަކޮށްދިންލެއް ފުރިހަމަކަމުން އޭނަށް އެމަންޒަރުތައް ފެންނަމުން
ދާހެން ހީވިއެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ.
އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ.
ފެންވެރުމަށްޓަކައި ފެން ހިފައިގެން ނަރުހަކު އައެވެ. ނަރުސް
ކުއްޖާއަށް ފެނުނީ ކުޑަދޮރުކައިރީގައި އޮތް މީހާގެ ފުރާނަނެތް މަސްގަނޑަކެވެ. ނަރުސް ކުއްޖާގެ
ފުން ހިތާމައާއެކު ހަސްފަތާލުގެ އެހީތެރިންނަށް އެމައްޔިތާ އެތަނުން ގެންދިއުމަށް އެދުނުވެ.
އެކަށީގެން ވަގުތެއް ލިބުމުން، އަނެތް އެނދުގައި އޮތް
ބަލި މީހާ، ކުޑަ ދޮރު ކައިރީގައި ހުރި އެނދަށް އޭނާއަށް ބަދަލުވެވިދާނެތޯ ނަރުސްކުއްޖާގެ ގާތުގައި ބުންޏެވެ. އުފަލާއެކު އޭނާ އެއެނދަށް ބަދަލުކޮށްދިނުމުގެ ކަންތައް
ނަރުސް ކުއްޖާ ހަމަޖައްސާދިނެވެ.
މަޑު މަޑުން އަދި ރިހުން
ލިބިފައިވާ ކަހަލަ ގޮތަކަށް އުނޅަބޮށި ޖައްސާ ކުޑަކޮށް ބޯހިއްލާލައި ކުޑަ ދޮރުން
ބޭރު ބަލާލިއެވެ.
ކުރިމަތިން އޭނާއަށް ފެނުނީ ފާރެކެވެ. އަދި ނަރުސް
ކުއްޖާއާއި ސުވާލުކޮށްލިއެވެ. އޭނާގެ މަރުހޫމު އެކުވެރިޔާ އެފަދަ ގޮތަކަށް ބޭރުން ފެނުނު މަންޒަރުތައް ސިފަކޮށް ދިނީ ކޮންފަދަ މަޖުބޫރީއެއްގެ
ސަބަބުން ހެއްޔެވެ.
އެއީ ލޯފާން މީހެއްކަމާއި
އޭނާއަކަށް އެފާރެއް ނުފެންނާނެ ކަމަށް ނަރުސް ކުއްޖާ ބުންޏެވެ.
"ފަހަރެއްގައި ތިބާގެ ހިތްވަރު އާލާކޮށް ދިނުމަށް
އޭނާ ކުރިކަމެއްކަމަށް ވެދާނެ!" ނަރުސް ކުއްޖާ ބުންޏެވެ .
= ނިމުނީ =